ދިރާގު

ދިރާގު އީދު ޝޯ އާއި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތު ނެގުން މިރޭ

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ދިރާގު އީދު ޝޯ އަދި އެކުންފުނީގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތު ނެގުން މިރޭ އޮންނާނެ އެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާ އީދު ޝޯ ކުރިއަށްދާނީ މިރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

މިރޭގެ ޝޯގެ ތެރެއިން ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތު ނަގައި ނަސީބުވެރިޔާވެސް ހޮވާނެ އެވެ.

ގުރުއަތު ނެގުން އޮންނާނީ މިރޭ 9:00 ޖަހާއިރު އެވެ. އަދި މި ސެގްމެންޓް ޓީވީއެމް އާއި ޗެނަލް 13 އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބުން ވަގުތުން ދައްކާނެ އެވެ.

ދިރާގު އީދު ޝޯ އަކީ ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިންއަޕަކާއެކު ކުރިއަށްދާ ކުލަގަދަ އިވެންޓަކަށްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ޝޯ ގައި ފެންނާނީ ޑީޖޭ އަލީ، އީކުއެޓިކް ވައިބް، ސްކައިރޮކް، ރެވިއޯ، ޓްރެފިކް ޖޭމް، ސިމްބޮލިކް ރެކޯޑްސް އެވެ.

މީގެ އިތުރުން މިރޭގެ ޝޯގައި ވިމެން އެންޓަޕްރެނިއާސް އެސޯސިއޭޝަން - މޯލްޑިވްސް (ވީއެމް) އަދި މަޝްހޫރު ޝޮޓް ބެވަރޭޖަސް މޯލްޑިވްސްގެ އުފެއްދުންތަކާ އެކު އިންތިޒާމު ކޮށްފައިވާ ހާއްސަ ފުޑް ސްޓްރީޓެއްވެސް ކުރިއަށްދާނެ އެވެ.