ދިރާގު

ދިރާގުން އިންތިޒާމުކޮށްގެން ވޯކް-އިން ގޭމިން މުބާރާތެއް މިރޭ ބާއްވަނީ

ދިރާގުން މީގެ ކުރިން ބޭއްވި ގޭމިން މުބާރާތެއްގައި ޒުވާނުންތަކެއް ބައިވެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ދިރާގުން އިންތިޒާމުކޮށްގެން ވޯކް-އިން ގޭމިން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ ދިރާގު އީދު ޝޯގެ ތެރެއިން މި ގޭމް ކުރިއަށް ދާނީ މިރޭ 8:00 އިން 11:00 އަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓަރީވުމަށް ދިރާގުން ވަނީ ހުޅުވާލާފަ އެވެ.

މި މުބާރާތުގައި ތިން ގޭމެއް ކުޅޭނެ އެވެ. އެއީ އީއޭއެފްސީ 24، ރޮކެޓް ލީގު އަދި ޓެކެން އެވެ.

ދިރާގުން މީގެ ކުރިން ބޭއްވި ގޭމިން މުބާރާތެއްގައި ޒުވާނުންތަކެއް ބައިވެރިވަނީ -- ފޮޓޯ: އަވަސް

ދިރާގުން ބުނީ މުބާރާތުގެ ޓައިޓަލް "ކިންގް އޮފް ދަ ހިލް" ލިބޭނީ ޖެހިޖެހިގެން ތިން މުބާރާތްވެސް ކާމިޔާބު ކުރާ ފަރާތަކަށެވެ. މުބާރާތް ކާމިޔާބު ކުރާ ފަރާތަކަށް ދިރާގުން ވަނީ ފައިސާގެ އިނާމެއްވެސް ހުށަހަޅާފަ އެވެ.

މި މުބާރާތަކީ ގޭމް ކުޅޭ މީހުންނަށް އީސްޕޯޓްސް މުބާރާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ދިރާގުން ކުރާ މަސައްކަތުގައި ހިމެނޭ މުބާރާތެކެވެ.

ދިރާގުން މިއަހަރުގެ މިހާތަނަށް ވަނީ މޮބައިލް ލެޖެންޑްސް، އީއޭއެފްސީ، ޓެކެން ފަދަ މުބާރާތްތަކެއްވެސް ބާއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910