އެސްޓީއޯ

ރޮބާޓް ލަންޗިއޮން ދަޅު ޕްރޮމޯޓްކުރާ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި

ސަރުކާރުގެ ވިޔަފާރި ކުންފުނި (އެސްޓީއޯ) އިން ވިއްކާ ޑެންމާކްގެ "ރޮބަޓް ލަންޗިއޮން" ދަޅުގެ މާކެޓް އިތުރު ކުރުމަށް ސިޓީ ގާޑަން ރެސްޓޯރެންޓާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން މިރޭ ފަށައިފި އެވެ.

މިރޭ ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ބޯޑު މެންބަރުންނެވެ.

ލަންޗިއޮން ދަޅު އިޝްތިހާރު ކުރުމަށް މިރޭ ފެށި އެ ޕްރޮމޯޝަނުގެ ދަށުން، މިމަހުގެ 12 އާއި ހަމައަށް ސިޓީ ގާޑަން އިން އޯޑަރު ކުރާ ކޮންމެ ކާއެއްޗަކާއިއެކު މި ޕްރޮމޯޝަނަށް ހާއްސަކޮށް ސިޓީ ގާޑަންގެ ޝެފުން ލަންޗިއޮން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ "ރޮބަޓް ސިޓީ ސްނެކް" ގެ ނަމުގައި ކާއެއްޗެއްގެ އިތުރުން ވައުޗާއެއްދޭނެ އެވެ. އެ ވައުޗާ ހިފައިގެން ގޮސް އެސްޓީއޯ ޓްރޭޑް ސެންޓާއަށް ގޮސް ކުރާ ކޮންމެ 200ރ. އަށްވުރެ މަތީ ވިޔަފާރިއަކަށް ރޮބަޓް ދަޅެއް ހިލޭ ލިބޭނެ އެވެ.

އެސްޓީއޯއިން ބުނީ ލަންޗިއޮން ޕްރޮމޯޓް ކުރުމަށް އެސްޓީއޯއިން ފަށާފައިވާ ޕްރޮމޯޝަނަށް ސިޓީ ގާޑަންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު ސިޓީ ގާޑަން އަށް ޒިޔާރަތްކޮށް ޕްރޮމޯޝަންގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.