މޯލްޑިވްސް ޕޮލިސް ސާވިސް

ފުރާވަރު އުމުރުގެ ކުއްޖަކަށް އަނިޔާކުރި ބަޔަކު ހޯދަނީ

ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ ކޮރިޑޯ ތެރޭގައި ފިރިހެން ކުއްޖަކަށް އަނިޔާ ކުރަމުން ދިޔަ ބަޔަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފިރިހެއް ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުން މިއަދު އެ ވީޑިއޯގެ މައްސަލަ މިމަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ވީޑިއޯގައި ފެންނަނީ ކޮން ބައެއް ކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެހެންވެ ވީޑިއޯގައި ފެންނަ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

ވީޑިއޯގައި ފެންނަނީ ފުރާވަރު އުމުރުގެ ފިރިހެން ކުއްޖެއްގެ ކަރުގައި ހިފައި، ގައިގައި އަތުންނާއި ފައިން ތަޅާ މަންޒަރެވެ.

މި ކުއްޖާ ގައިގައި ފިރިހެން ކުއްޖަކު ތަޅަމުންދާއިރު އެ ތަނުގައި އިތުރު ބަޔަކުވެސް ތިބެ އެވެ. ނަމަވެސް އެކަކުވެސް އަނިޔާ ހުއްޓުވާކަށް ނޫޅެ އެވެ.