ރ. އަތޮޅުގެ ދެ ރަށެއްގައި ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް ބައެއް ގެތައް ބަލައި ފާސްކުރަން ފަށައިފި އެވެ.
ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ބަލައި ފާސްކުރަނީ ރ. އަލިފުއްޓާއި ރ. މީދޫގެ ބައެއް ގެތަކެވެ.
އެ ދެ ރަށުގައި ސިހުރު ހަދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ސިހުރު ހަދާ މީހުން ކަމަށް ބުނެ ބައެއް ރަށްރަށުން މީގެކުރިންވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ.
އެކަމަކު އެފަދަ މީހުންނަށް އެކަށީގެންވާ އަދަބު ނުލިބޭ ކަމަށް ބުނެ އާމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.