ފެލިވަރު

ފެލިވަރުގައި 100 ޓަނުގެ ކޭނަރީއެއް ހަދަނީ

ފެލިވަރުގައި ކޭނަރީ ހެދުމަށް ޗައިނާގެ ފެކްޓްރީއަކައި ހަވާލުކުރަނީ -- ފޮޓޯ: މިފްކޯ
0%
0%
0%

ފެލިވަރުގައި 100 ޓަނުގެ ދަޅު ބަންދުކުރާ ތަނެއް ނުވަތަ ކޭނަރީއެއް ހެދުމަށް ނިންމައިފި އެވެ.

މިފްކޯ އިން މިއަދު ބުނީ ކޭނަރީ ގާއިމުކުރުމަށްޓަކައި އެތަނުގެ ޑިޒައިނުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.

ފެލިވަރު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާއިރު ކޭނަރީ ހެދުމުގެ މަސައްކަތް ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

މިފްކޯ އިން ބުނީ މިމަޝްރޫއަށް 40 މިލިއަން ޑޮލަރު ހޭދަވެގެން ދާނެ ކަމަށާއި އަމާޒަކީ 2026ގެ ނިޔަލަަށް މި މަޝްރޫއު ނިންމާލުން ކަމަށެވެ.

މިމަޝްރޫއުގެ ސަބަބުން ފެލިވަރުގެ ޕްރޮޑަކްޝަން ކެޕޭސިޓީއާއި އެފިޝެންސީ އެތައް ގުނައަކުން އިތުރު ވެގެން ދާނެ ކަމުގެ ޔަގީންކަން މިފްކޯ އިން ދެއެވެ.

ހަމައެހެންމެ ކަޅުބިލަމަހާއި ކަންނެލި އަދި ރާއްޖޭގެ އެހެނިހެން އުފެއްދުންތައް އިތުރުވާނެ ކަމަށްވެސް މިފްކޯ އިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910