ފެލިވަރު

ސިނާއަތަށް ދަރިވަރުން އަހުލުވެރިކުރަން ފެލިވަރުން ޕްރޮގްރާމެއް

ފެލިވަރުގެ "އުއްދަނަ" ޕްރޮގްރާމްގެ ދަރިވަރުން -- ފޮޓޯ: ފެލިވަރު
0%
0%
0%

މަސައްކަތްތެރި ކަމަށް ދަރިވަރުން އަހުލުވެރި ކުރުމުގެ ގޮތުން ފެލިވަރުން ޕްރޮގްރާމެއް ފަށައިފި އެވެ.

"އުއްދަނަ" ގެ ނަމުގައި ޅ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮގްރާމަކީ ދަރިވަރުން މަސައްކަތްތެރި ކަމަށް ޝައުގުވެރިކުރުމަށާއި މަސައްކަތް ދަސްކޮށްދީ މުޖުތަމައުގައި މަސައްކަތްތެރި ބަޔަކަށް ހެދުމާއި، ދަރިވަރުންނަށް ވަޒީފާ ހޯދުމަށް މަގުފަހިކޮށް ދިނުމުގެ މަގުސަދުގައި އެއް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފެލިވަރުން ހާމަކުރި ގޮތުގައި މި ޕްރޮގްރާމުގައި ޅ. އަތޮޅު ހިންނަވަރު އަތޮޅު ތައުލީމީ މަރުކަޒުން 13 ދަރިވަރުން އަދި ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުން 17 ދަރިވަރުން ބައިވެރިވި އެވެ.

މި ޕްރޮގްރާމް ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެސް ވަނީ އަމިއްލައަށް ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރު ކުރުމަށް ފުރުސަތުދީފަ އެވެ.

ފެލިވަރުގެ "އުއްދަނަ" ޕްރޮގްރާމްގައި ދަރިވަރުންނަށް މައުލޫމާތު ދެނީ -- ފޮޓޯ: ފެލިވަރު

އެ ދަރިވަރަކު އިހުތިޔާރުކުރި ދާއިރާއިން މަސައްކަތުގެ ފުރިހަމަ މައުލޫމާތު މިފްކޯގެ ކަމާއިގުޅޭ ޓެކްނިކަލް މުވައްޒަފުންގެ ފަރާތުން ދިނުމާއި، މަސައްކަތުގައި އަމަލީ ގޮތުން ތަޖުރިބާ ހާސިލު ކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ލިބިގެން ދާނެ ކަމަށްވެސް ފެލިވަރުން ބުނެ އެވެ.

މި ހާއްސަ ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކު، އޮޓޯ މެކޭނިކު، ރެފްރިޖެރޭޝަން މެކޭނިކު، ކޭޝިއާ، ޕްރޮޑަކްޝަން، ކޮލިޓީ އެޝުއަރެންސް، ލެބޯޓަރީ ޓެކްނީޝަން، އެޑްމިނިސްޓްރޭޝަން، ހައުންސިން އެންޑް ލޯންޑަރީ، އެގްރިކަލްޗާ އެންޑް ފާމިން ފަދަ ގިނަ ފަންނީ ދާއިރާތަކުން ދަރިވަރުން އަހުލުވެރި ކުރެވިގެންދާނެ އެވެ.

ފެލިވަރުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިޕްރޮގްރާމް ފުޅާކޮށް، މެދު ނުކެނޑި ކުރިއަށް ގެންގޮސް، ސްކޫލުތަކުގެ ދަރިވަރުންނަށް މި ސިނާއަތުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345