މިފްކޯ

ކަނޑުއޮތްގިރިން ލިބުނު ތަކެތި ފެށޭ ހަފްތާ ފެލިވަރުން ލިބޭނެ

މިފްކޯ އިން އުފައްދާ ބައެއް ތަކެތި -- ފޮޓޯ: އަވަސް
0%
0%
0%

ކ. ކަނޑުއޮތްގިރީގައި މިފްކޯއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ފެލިވަރަށް ބަދަލުކޮށް ފެށޭ ހަފްތާގައި އުފެއްދުން ލިބޭނެ ކަމަށް އެެ ކުންފުނިން ބުނެފި އެވެ.

ކަނޑުއޮތްގިރިީގައި މިފްކޯއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ހުއްޓާލައި އެތަން އެމްއެންޑީއެފްއާ ހަވާލުކުރީ މި އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ކުރި މައިގަނޑު މަސައްކަތަކީ މަސް ކާރުހާނާއެއް ހިންގުމެވެ.

ކަނޑުއޮތްގިރީގައި މިފްކޯއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ފެލިވަރަށް ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނިން މިދިޔަ މަހުގެ 23 ވަނަ ދުވަހު ބުންޏެވެ.

އޭގެ ތެރޭގައި ކަންނެލި މަހުގެ ގިނަ ބާވަތްތަކާއި، ލޮއިންސް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މިފްކޯ އިން މިއަދު ބުނީ ސަޕްލައި ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ފެށޭ ހަފުތާގައި އުފެއްދުންތައް ލިބޭނެ ކަމަށެވެ.

ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކުރުމުން އެތަން ހުސްކުރުމަށް އެމްއެންޑީއެފް އިން މިފްކޯއަށް ކުރިން މުއްދަތު ދީފައި އޮތީ ސެޕްޓެމްބަރު 15 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މި މުއްދަތު ފަހުން ވަނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.

މިފްކޯއިން މީގެ ކުރިން ބުނި ގޮތުގައި ކަނޑުއޮތްގިރި ހުސްކުރުން ލަސްވަނީ ހެވީ ޑިއުޓީ އެކިއުޕްމަންޓް ހިމެނޭ މުދާތައް އެތަނުގައި ހުރުމުގެ ސަބަބުން ނެވެ. އަދި އެތަކެތި ނެގުމަށް ޖެހެނީ ކްރޭނާއި ލޭންޑިން ކްރާފްޓް ބޭނުންކުރަން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގައި ކުރަމުން ދިޔަ މަސައްކަތްތައް ހުޅުމާލޭގައި ފެށުމަށްޓަކައި މާލީ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345