އަލިފާން

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މ. އެންޒިއަންގޭގެ ތިން ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

"މިހާރު އަލިފާން ވަނީ ނިއްވާލާފަ،" އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ މި ހާދިސާގައި، ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.