އަލިފާން

ރީތި ރަށް ރިސޯޓުގެ ވޯޓަ ވިލާއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ވިލާއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާގެ މައުލޫމާތު ރޭ ދަންވަރު ލިބުމާ އެކު ސިފައިން އެ ރިސޯޓަށް ގޮސް އެތަނުގައި ހަރަކާތްތެރިވި ކަމަށެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓްގެ ވޯޓަވިލާއެއްގެ ފުރާޅު ގައެވެ.

ހާދިސާ ހިނގުމުން ރިސޯޓްގެ މުވައްޒަފުން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ވޯޓަވިލާގެ ފުރާޅަށާއި ސީލިންއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އަލިފާން ރޯވާން ދިމާވި ވަކި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.