ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އަލިފާން ރޯވީ ހުޅުމާލެ، ފޭސް 1ގައި ހުންނަ "ފްރިޒް" ގުދަނުގެ ހަތަރު ވަނަ ފަންގިފިލާގަ އެވެ.
މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 12:36 ހާއިރު ލިބުމާއެކު ފަޔަ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
މި ގޮތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު 1:03 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.