އެމްއެންޑީއެފް

ބޯޓުން ގެއްލުނު މީހާ ހޯދަން ޑްރޯން ބޭނުންކުރަނީ

ގެއްލިގެން ހޯދަމުންދަނީ ލ. މާވަށް، އަލީ މުޝްފިގު (25 އ)
0%
0%
0%

އަލިފާން ރޯވި "ހޮޅުދޫ" ބޯޓުން ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފްގެ ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.

މި ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން އެ ވަގުތު ބޯޓުގައި ތިބި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. ގެއްލިގެން ހޯދަމުންދަނީ ލ. މާވަށް، އަލީ މުޝްފިގު (25 އ) އެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑް ޝިޕް ޢާޒީ އާއި އެފްއައިސީ މާފަތް އާއި އެޗްޕީ 114، ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިޤް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލިފާން ރޯވި ހޮޅުދޫ ބޯޓު ރޭ ދަންވަރު 2:07 ހާއިރު ވަނީ އަޑިއަށް ގޮސްފަ އެވެ.

ބޯޓުގެ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910