ދުނިޔެ

ދުނިޔެ ސުލްހަކުރަން މެންޑޭޓެއް ބޭނުމެއް ނޫން: އޯބަން

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން (ކަނާތުގައި) އަަދި ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން -- ދުނިޔެ ސުލްހަކުރަން މެންޑޭޓެއް ބޭނުން ނުވާ ކަމަށް އޯބަން ވިދާޅުވި
0%
0%
0%

ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ރަޝިއާއަށް ވަޑައިގެން ރައީސް ޕޫޓިންއާ ބައްދަލުކުރެއްވުން ހުޅަނގަށް ކެތެއް ނުކުރެވުނެވެ.

ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުން، ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން މޮސްކޯއަށް ދަތުރުކުރައްވައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަކުރެއްވުމަށް އޯބަންއަށް އެއްވެސް ހައިސިއްޔަތެއް ނޯންނާނެ އެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޗެލް ވަނީ އޯބަންގެ ރަޝިއާ ދަތުރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ.

ޗާލްސް މިޗެލް އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރަޝިއާ ސަރުކާރާ މުއާމަލާތް ކުރެއްވުމަށް އޯބަންއަށް އެއްވެސް މެންޑޭޓެއް ނޯންނާނެ ކަމަށެވެ.

އޯބަން ރަޝިއާއަށް ދަތުރުކުރެއްވި ސަބަބުން ދިފާއުކުރައްވައި ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވީ ދުނިޔެ ސުލްހަކުރުމަށް -- ދުނިޔެ ބިނާކުރުމަށް އޭނާއަށް އެއްވެސް މެންޑޭޓެއް ބޭނުން ނުވާ ކަމަށެވެ.

ޗާލްސް މިޗެލް ވިދާޅުވި ގޮތުގައި ޔޫރަޕިއަން ކައުންސިލުން ރަޝިއާއާ މެދު ވަނީ ގޮތެއް ނިންމާފަ އެވެ. ރަޝިއާގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް އީޔޫ ކައުންސިލުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭންގެ ދިފާއުގައި މުޅި ޔޫރަޕް ނުކުމެ އޮތްއިރު، ޔޫރަޕްގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ވިކްތަރު އޯބަންއަށް ރަޝިއާއަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ މަޝްވަރާ ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާއާއި ހަންގޭރީ އަކީ ވަރަށް ގާތް އަދި ޒަމާންވީ ދެ އެކުވެރިން ކަމަށް ވިކްތަރު އޯބަންގެ ތަރުޖަމާން ވިދާޅުވި އެވެ. ބޮޑުވަޒީރު ރަޝިއާއަށް ވަޑައިގަތީ ޔޫރަޕިއަން ކައުންސިލްގެ މެންޑޭޓެއް ތަންފީޒުކުރެއްވުމަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ވިކްޓަރު އޯބަންގެ ރަޝިއާ ދަތުރާ ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ރުޅިގަދަވެފަ އެވެ. ނަމަވެސް، އޯބަންގެ މި ދަތުރަކީ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ލީޑަރަކު ކުރައްވަން ޖެހޭ ދަތުރެއް ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ގަބޫލުކުރެ އެވެ.

ރަޝިއާ މަޝްވަރާ ނުކޮށް ޔުކްރޭނަށް ލިބޭނެ މިނިވަންކަމެއް ނަސްރެއް ނެތް ކަމަށް ވެސް ބައެއް ގައުމުތަކުން ގަބޫލުކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910