ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.


ރައީސް ލަންކާއަށް ވަޑައިގަންނަވާނީ އަންނަ މަހު އެވެ. ސީދާ ވަކި ދުވަހެއް ނޫސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި ލަންކާއާ އެކު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށްވެސް ލަންކާގެ ނޫސްތަކުގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް ރަސްމީ ދަތުުރުފުޅުތަކެއްގައި ވަޑައިގަތީ ތުރުކީ، ޔޫއޭއީ، ޗައިނާ އަދި ބާބުޑާ އަށެވެ.