ކްރިކެޓް

ވެޓެރަންސް ކްރިކެޓް ޓީމަށް ހޫނު މަރުހަބާއެއް

0%
0%
0%

ތައިލެންޑްގައި ކުރިއަށް ދިޔަ ހުއާ ހިން ސިކްސަސް ކްރިކެޓް މުބާރާތުގެ ސުޕަ ވެޓެރަންސް ކެޓަރީގެ ޗެމްޕިއަންކަން ހޯދި، ދިވެހި ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ތައިލެންޑްގައި މިދިޔަ ހަފްތާގައި ނިމުނު ހުއާ ހިން ސިކްސަސް މުބާރާތުގެ ސުޕަ ވެޓްސް ކެޓަގަރީން ރާއްޖޭގެ މޯލްޑިވްސް ވެޓަރަންސް ޗެމްޕިއަންކަން ހޯދިއިރު، މާސްޓާސް ކެޓަގަރީން މޯލްޑިވްސް މާސްޓާސް ވަނީ ދެވަނަ ހޯދާފަ އެވެ.

މި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރޭގައި އިންޑިއާ އަދި އޮސްޓްރޭލިއާއަށް ނިސްބަތްވާ ޓީމުތައް ހިމެނެ އެވެ.

މީގެތެރޭގައި ކޮލްކަތާ ނައިޓްސްގެ ނަމުގައި ކުޅުނު ޓީމަކާއި، މެލްބަން މާސްޓާސް ނަމުގައި ކުޅުނު ޓީމެއްވެސް ހިމެނެ އެވެ.

މި މުބާރާތުގެ ލީގު ބުރުގެ ޗެމްޕިއަންކަން މޯލްޑިވްސް މާސްޓާސް ހޯދީ، ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ސުޕަ ލީގު ބައިން، މޯލްޑިވްސް ވެޓަރަންސް އެންމެ ކުރި ހޯދީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްގެނެވެ.

ވެޓެރަންސް ކްރިކެޓް ޓީމު މާލެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރު ވަޒީރު އަބްދުއްރާފިއު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910