ހަބަރު

ސީއެޗްއެސްއީގެ ދަރިވަރުންނަށް ޖިންސްގެ ހަމަހަމަކަމުގެ މައުލޫމާތު ދީފި

ދެހާސް ތިރީހުގެ ކުރިން ދެ ޖިންސްގެ ހަމަހަމަކަން ރާއްޖޭގައި ފުރިހަމައަށް ގާއިމްކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ސެންޓަ ފޯ ހަޔާ ސެކަންޑްރީ (ސީއެޗްއެސްއީ) ގެ ދަރިވަރުން ހޭލުންތެރިކުރުމަށް ޔުނިސެފާއި އާކް ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

މިއަދު ދަރުމަވަންތަ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި އާކްގެ ފަރާތުން ވަނީ އެ ސެޝަނުގައި ބައިވެރިވި ކުދިންނަށް ރާއްޖޭގައި އަންހެނުންގެ ހާލަތު އޮތް މިންވަރާއި އެކި ދާއިރާތަކުން އަންހެނުންގެ ކުރިއެރުމަށް އައިސްފައިވާ ބަދަލުތަކާބެހޭ ގޮތުން މައުލޫމާތު ދީފަ އެވެ. އަދި އަންހެނުންގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހިއްސާ ކޮށްފަ އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާކްގެ އެގްޒެކެޓިވް ޑިރެކްޓާ ޒެނީޝާ ޒަކީ ވިދާޅުވީ، އަންހެނުންނަށް މިހާރަށްވުރެ ވެސް ފުޅާ ދާއިރާއެއްގައި ތައުލީމުގެ ފުރުސަތު ފަހިކޮށްދޭން ކަމާބެހޭ ދާއިރާތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަންހެނުންނަށް ތައުލީމު ދިނުން މުހިއްމު ވަނީ، މުޖުތަމައަކީ ތަހުޒީބު ތަނަކަށް ބަދަލުކޮށް، ގައުމުގެ ސިޔާސަތު ކަނޑައަޅާ މަގާމުތަކުގައި އަންހެނުންގެ ދައިރު އިތުރުކުރުމަށް ކަމަށް ޒެނީޝާ ވިދާޅޫވި އެވެ.

މިނޫނަސް، މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އާކްއިން ވަނީ ސްކޫލް ކުދިންނަށް ގިނަ ޕްރޮގްރާމްތަކެއް ބާއްވަން ނިންމާފަ އެވެ. އެގޮތުން ސީއެޗްއެސްއީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރީތި އާދަތައް ދަސްކޮށްދޭ ޕްރޮގްރާމަކާއި، ފުރާވަރު އަންހެންކުދިންނަށް މުސްތަގުބަލް ބިނާކުރާނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމެއްވެސް ބާއްވާނެ ކަމަށް އާކް އިން ބުންޏެވެ.