މޫސުން

ދެކުނުގެ ރަށްތަކަށް އުދައަރާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މިއަދު އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ދިޔަވަރު ބޮޑުވާ ބައެއް ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އުތުރުގެ ބައެއް ރަށްތަކަށް މިއަދު ކެރީގެ އަސަރު ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

މެޓް އޮފީހުން ބުނީ މެދު ރާއްޖެ ތެރޭގެ ރަށްތަކާއި ދެކުނުގެ ރަށްތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެކަމަކު މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމުގެ ބާރުމިނުގައި ވައިިޖެހޭނެ އެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.