ކުޅިވަރު

ރިއާލް މެޑްރިޑުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކަށް އެމްބާޕޭ

ރިއާލް މެޑްރިޑުގައި މިހާތަނަށް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔަކީ އެމްބާޕޭ އެވެ. އެހެންނަމަވެސް އޭނާއަކީ ލަލީގާގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއެއް ނޫނެވެ.

ރެއާލް މެޑްރިޑުން ދާދިފަހުން ފްރީ ޓްރާންސްފާއެއްގައި ސޮއި ހޯދާފައިވާ ކައިލިއަން އެމްބާޕޭ އަކީ މުޅި ސްޕެނިޝް ލީގަށް ބަލާއިރު މުސާރައިގެ ގޮތުން ތިންވަނަ އަށް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ އެވެ. އެމްބާޕޭގެ ކުރީގައި އުޅެނީ ބާސެލޯނާގެ ދެ ކުޅުންތެރިންނެވެ.

އެމްބާޕޭގެ އަހަރީ އުޖޫރަ އަކީ 26.3 މިލިއަން ޕައުންޑެވެ. ބާސެލޯނާގެ ފްރެންކީ ޑި ޖޮންގް އަށް އަހަރަކު 31.6 މިލިއަން ޕައުންޑް ލިބެ އެވެ. ޑި ޖޮންގް އަކީ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ ކަމަށްވާއިރު ދެވަނައަށް އެންމެ މުސާރަ ބޮޑީ ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ އެވެ. އޭނާއަށް އަހަރަކު 28.2 މިލިއަން ޕައުންޑް ލިބެ އެވެ.

ލެވަންޑޯސްކީ އަދި ފްރެންކީ ޑި ޖޮންގް އަށް ވުރެ މުސާރަ ކުޑަ ނަމަވެސް ރިއާލްއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި އޭނާގެ އާމްދަނީ ދެގުނައަށް ވުރެ ބޮޑުވެދާނެ ފަދަ ބޯނަސްތައް ހިމަނާފައިވެ އެވެ. އަދި އެމްބާޕޭއަށް 100 މިލިއަން ޔޫރޯ ނުވަތަ އެއަށްވުރެ ބޮޑު ބޯނަސްއެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ސްޕޭން މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާއިރު، އާންމުކޮށް ރެއާލް މެޑްރިޑުން ހުއްދަކުރާ ވަރަށް ވުރެ ބޮޑު އިންސައްތައެއް ވެސް އޭނާގެ އިމޭޖް ރައިޓްސް ލިބޭނެ އެވެ. އެއީ 60 ޕަސަންޓާއި 80 ޕަސަންޓާ ދެމެދުގެ އަދަދެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެހެންކަމުން ޕީއެސްޖީގައި އޭނާ ގެޔަށް ގެންދިޔަ އަދަދަށްވުރެ ބޮޑު އަދަދެއްގެ ފައިސާ، ދުނިޔޭގައި މިވަގުތު އޮތް އެންމެ މުއްސަނދި ކްލަބު، ރިއާލް ގައި އޭނާއަށް ލިބޭނެ އެވެ.