ލަ ލީގާ

އެމްބާޕޭގެ އެހީގައި ރެއާލް ތާވަލުގެ އެއްވަނައަށް

ރެއާލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭ
0%
0%
0%

ކިލިއަން އެމްބާޕޭގެ އެހީގައި ރެއާލް މެޑަލް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ސް ލަ ސެރާމިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިތާ މާގިނައިރު ތަކެއް ނުވަނީސް މެޗުގެ ހަތްވަނަ މިނެޓްގައި ވިޔަރެއާލްގެ ކުޅުންތެރިޔާ ހުއާން ފޮއިތް ވަނީ ފުރަތަމަ ލަނޑު ޖަހާފަ އެވެ.

އެހެންނަމަވެސް ރެއާލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ކުޅެ ދެލަނޑު ޖަހާ ރެއާލް މޮޅުކޮށްދީފަ އެވެ.

ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖެހުމަށްފަހު، 23 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ. ދެވަނަ ލަނޑަކީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް އެއްފަހަރާ ގޯލަށް ޖަހައި ކާމިޔާބުކުރި ފުރިހަމަ ލަނޑެކެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑް ވަނީ 28 މެޗުން 60 ޕޮއިންޓް ހޯދައި ލީގު ތާވަލުގެ އެއްވަނައަށް އަރާފަ އެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް 26 މެޗުން 57 ޕޮއިންޓް ލިބިފައިވެ އެވެ. މިމެޗުން ބަލިވި ވިޔަރެއާލް އޮތީ 27 މެޗުން 44 ޕޮއިންޓާއެކު ފަސްވަނައިގަ އެވެ.

އެމްބާޕޭ މިހާރު މި ސީޒަންގައި ޖަހާފައިވާ ލަނޑުގެ އަދަދު 20 އަށް އިތުރުކޮށްފައިވާއިރު، މިއީ ލީގުގައި އެންމެ ގިނައިން ލަނޑުޖަހާފައިވާ ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީއަށް ވުރެ އެއް ލަނޑު މަދު އަދަދެކެވެ.

މެޗުގެ ދެވަނަ ހާފުގައި ވިޔަރެއާލް ކުޅުން ރަނގަޅުކޮށް ރެއާލް މެޑްރިޑްގެ ފަހަތަށް ނުރައްކާތަކެއް ކުރި ނަމަވެސް އެމްބާޕޭގެ ދެ ލަނޑާއެކު މެޗު ނިމުނީ ރެއާލް މެޑްރިޑް މޮޅުވެގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910