މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރާއްޖޭގެ އުފެއްދުންތަކަށް ދަފްތަރެއް އެކުލަވާލަނީ

ދިވެއްސަކު ނާށި ބޭނުންކޮށްގެން ހަދާފައިވާ ދިވެހި ދައުލަތުގެ ނިޝާން -- ފޮޓޯ: އަވަސް
0%
0%
0%

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.

އިކޮނޮމިކްސް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަމިއްލަ އުފެއްދުންތަށް ތައްޔާރު ކުރާ ފަރާތްތަކުން ކުރިއަށް އޮތް އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ހިއްސާކުރުމަަށް އެދޭ ކަމަށެވެ. މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ލިންކެއްވެސް އިއުލާންގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލިންކު މެދުވެރިކޮށް ހުށަހެޅޭ މައުލޫމާތު ތަކުގެ އެހީގައި ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މައުލޫމާތާއި ވިޔަފާރި އުސޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއެރުންވުން ހިމެނޭ ކަމަށެވެ.

ލިންކް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުން ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓް ކުރެވޭނެ އުފެއްދުންތައް ދެނެގަނެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ދިވެހި އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ގަމުތަކުގައި މާކެޓް ހޯދައިދެވޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް އެހީތެރިވުމަކީވެސް މިކަމުގެ ބޭނުމެއް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910