މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ވިޔަފާރިވެރިންނާއި އިދާރާތައް ގުޅުވާލުމަށް "ޓްރޭޑިއަން" އިފްތިތާހުކޮށްފި

0%
0%
0%

ވިޔަފާރިވެރިންނާއި ހިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން" މިއަދު އިފްތިތާހު ކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި ފްލެޓްފޯމު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެވެ.

މި ޕްލެޓްފޯމު މިއަދު އިފްތިތާހް ކުރުމާ ގުޅިގެން ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްލެޓްފޯމުގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. މި ޕްލެޓްފޯމު މިއަދު އިފްތިތާހު ކުރި ނަމަވެސް މި ޕްލެޓްފޯމު ރަސްމީގޮތުން ބޭނުން ކުރަން ފެށޭނީ މިއަހަރުގެ ފަހުކޮޅު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާ އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910