ހަބަރު

މާއުނގޫދޫ ދޯންޏަކުން 12 ކިލޯގެ މާވަހަރެއް ހޮވައިފި

Jan 28, 2015

ށ. މާ އުނގޫދޫ ދޯންޏަކުން އިއްޔެ 12 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.

މާއުނގޫދޫ ކައުންސިލްގެ އިދާރާގެ އިސް އޮފިޝަލެއް ކަމަށްވާ އިބްރާހިމް ޝަލީމް ވިދާޅުވީ އެރަށު އިރުވައިގޭ އަދުނާނު އޭނާގެ ކުޑަ ދޯނީގައި މަހަށް ނުކުމެ އުޅެނިކޮށް މާވަހަރު ފެނިފައި ވަނީ އިއްޔެ ހެދުނު ކަމަށެވެ. އެ އަތޮޅު ހޮޅުދޫ ކައިރިން މާ ވަހަރު ފެނުނު އިރު ދޯނީގައި ދެން ހުރީ އަދުނާނުގެ ކޮއްކޮ ކަމަށެވެ.

"އެމީހުން ހޮވީ މާވަހަރެއް ކަމަށް ޔަގީން ކުރެވިފައި ވަނީ. އެ ވިއްކާލުމުގެ މަސައްކަތް ކުރަން އެކި ފަރާތްތަކާ ވާހަކަ ދައްކާ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަން ފަށައިފި އިއްޔެއިން ފެށިގެން. އަދި މާވަރު މާލެ ގެންދިއުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން،" ސަލީމް ވިދާޅުވި އެވެ.

މާއުނގޫދޫއަށް މީގެ ދެ އަހަރު ކުރިން ވެސް ވަނީ 50 ކިލޯގެ މާވަހަރެއް ހޮވާފައެވެ.