މާލޭ ސިޓީ ކައުންސިލް

މާލެ މަގުމައްޗަށް ކުނި އެޅުމުގެ 6000 އަށް ވުރެ ގިނަ މައްސަލަ

މާލޭގެ މަގެއްގެ މައްޗަށް ކުނި އަޅާފައި -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގެ މަގުމައްޗާއި ގޯޅިތަކާއި ހުސްބިންތަކަށް ކުނި އަޅައިގެން 6،560 މައްސަލަ މި އަހަރުގެ މިހާތަނަށް މާލޭ ސިޓީ ކައުންސިލަށް ރިޕޯޓުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ އާންމުކުރި ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ވަނީ 2،359.2 ޓަނުގެ ކުނި ނަގާ، 6،475.1 ޓަނުގެ ކުނި އުކާލާފަ އެވެ.

މާލޭ ސަރަހައްދުގައި މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ކައުންސިލުން ވަނީ ކުނިއެޅުން ހުއްޓުވުމަށް މިއަހަރު މަސައްކަތްތަކެއްވެސް ފަށާފަ އެވެ. އެކަމުގައި ރައްޔިތުން އެއްބާރުލުން ދިނުމަށްވެސް ވަނީ އެދިފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތައް

  • ބޯޑުނެތި މަގުމަތީގައި ގަވާއިދާއި ހިލާފަށް މަސައްކަތްކުރުން - 366
  • ކާނު، ޖަންކްޝަން ހަލާކުވެ ނުވަތަ ބެދިފައިވުން - 567
  • ފިހާރައިން ބޭރުގައި މުދަލާއި ތަކެތި ބެހެއްޓުން - 223
  • ޕާކިން މައްސަލަތައް - 33
  • މަގުމަތީގައި ނިޝާންތައް ފަނޑުވުން، ނިޝާން ބޯޑުތަކާއި ލައިޓްތައް ހަލާކުވުން - 102
  • ހުއްދަނެތި ވިޔަފާރި ހިނގާ މައްސަލަތައް - 17
  • މަގުމަތީގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރުން - 322
  • ޕާކުތަކާއި މިސްކިތްތަކުގައި މީހުން ނިދުން - 1212
  • އިމާރާތް ކުރުމަށް ގެންނަ ތަކެތި މަގުމަތީގައި ބެހެއްޓުން - 141
  • އޭސީ، ދިޔަދޮވި އަދި އެހެން ގޮތްގޮތުން މަގުމައްޗަށް ފެން ފޭބުން - 262
  • އެކި ކަންކަމުގައި ޖޫރިމަނާ ކުރުން - 437

ގޭތެރެ ސާފުކުރުމަށްފަހު މަގުމައްޗަށް ނެރޭ އެކި ޒާތުގެ ކުނިތަކުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތައް ވަނީ ވަރަށް ބޮޑަށް ގޮނޑު ވެފަ އެވެ. އަދި އެ ކުނިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުރިއަށް ގެންދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345