އެމްޑީޕީ

އެމްޑީޕީގެ ބައި-އިލެކްޝަން މާދަމާ ބާއްވަނީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކަށް މީހުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން މާދަމާ ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެގޮތުން ބައި-އިލެކްޝަން ކުރިއަށްދާނީ މާދަމާ މެންދުރުފަހު 2:30 އިން ރޭގަނޑު 9:00 އަށެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެ ޕާޓީއަކީ އަބަދުވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ ޕާޓީ ކަމަށެވެ.

"މިއީ ޕާޓީ ހިންގުމުގައި މެމްބަރުންގެ ސީދާ ބަސް ބުނެވޭ، މެމްބަރުންނަށް ގޮތް ނިންމޭ ހަމައެކަނި ޕާޓީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ބައި އިލެކްޝަން އޮންނަ ދާއިރާތަކުގައި އެ ޕާޓީގެ ހުރިހާ މެމްބަރުންވެސް ވޯޓުގައި ބައިވެރިވުމަށް އެދިވަޑއިގެންފަ އެވެ.

އެމްޑީޕީން ނިމުނު ހަފްތާ ވަނީ އެ ޕާޓީގެ ނައިބް ރައީސް ކަމަށްވެސް ބޭފުޅަކު އައްޔަންރައްވާފަ އެވެ. އެގޮތުން އައްޔަންކުރައްވާފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ ރައީސް ހިސާން ހުސައިން އެވެ.