ފައްޔާޒް އިސްމާއީލް

ވޯޓުލީ މަދު ބަޔެއް، މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެކުނުގެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ؛ އެމްޑީޕީ
0%
0%
0%

ލޯކަލް ކައުންސިލުތަކުގެ ބައި އިލެކްޝަންގައި އިއްޔެ ވޯޓުލީ މަދު ބައެއް ކަމަށާއި އެހެންވެ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތާ މެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ފައްޔާޒް ވިދާޅުވީ މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތާ މެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން އިއްޔެ ބޭއްވިއިރު މި އިންތިހާބުތަކުގައި އެމްޑީޕީން ވާދަކޮށްގެން އެންމެ ގޮނޑި އެއްވެސް ލިބިފައެއް ނުވެ އެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީ އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

ފައްޔާޒް ވަނީ މި އިންތިހާބުތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރަށާއި މަސައްކަތަަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޗެއާޕާސަން ވިދާޅުވީ ކުރިއަށް އޮތީ އެ ޕާޓީއަށް ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.

"ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،" ފައްޔާޒް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އިންތިހާބުތަކުގައި 25 ވޮޓު ފޮށި ބެހެއްޓި އެވެ. އަދި ވޯޓުލުން ކުރިއަށް ގެންދިޔައީ ހެންވޭރު ހުޅަނގު ދާއިިރާ، މައްޗަންގޮޅި މެދު ދާއިރާ، ހުޅުމާލެ ދާއިރާ، ކުޅުދުއްފުށި އުތުރު ދާއިރާ، ބިލެތްދޫ ކައުންސިލްގެ ރައީސް އަދި ރަސްމާދޫ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ބޭފުޅުން ހޮވުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345