ފައްޔާޒް އިސްމާއީލް

ކޮންމެ ވިޔަފާރީއަކަށް ސަރުކާރުން ވަނުމުގެ އިހުތިޔާރު އޮވެގެން ނުވާނެ: ފައްޔާޒް

އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި ފައްޔާޒް ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ސަރުކާރުން ކޮންމެ ވިޔަފާރިއެއްގެ ތެރެއަށް ވަނުމަކީ އޮވެގެން ވާނެ އިހުތިޔާރެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ތައާރަފް ކުރަން ނިންމާފައިވާ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް ކަމަށެވެ.

"ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް. ސަރުކާރަށް ހަމަ ފެންނަ އިރަށް ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވެސް ވަނުމަކީ އޮވެގެން ވާނެ އިހުތިޔާރެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުން ތައާރަފް ކުރަން ނިންމާފައިވާ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް އެމްޓީސީސީއާ އިއްޔެ ހަވާލުކުރި ނަމަވެސް ހިދުމަތް ފަށާނެ ވަކި ދުވަހެއް އަދިވެސް ސަރުކާރުން ނުބުނެ އެވެ.

ސަރުކާރުން ޓެކްސީލައިނެއްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން މިދަނީ ޓެކްސީގެ ހިދުމަތުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައި ވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910