ގެވެށި އަނިޔާ

އަންހެނެއްގެ އަތް އަނބުރާލި މީހަކު ޖޫރިމަނާކޮށްފި

މަކުނުދޫ
0%
0%
0%

ހދ. މަކުނުދޫގައި އަންހެނެއްގެ އަތް އަނބުރާލި މީހަކު ޖޫރިމަނާކޮށްފި އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާގައި، ދިވެހި ފިރިހެނަކު ޖޫރިމަނާކޮށްފައިވަނީ 14،400 ރުފިޔާއިންނެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ކުރީކޮޅު މަކުނުދޫގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ފިރިހެން މީހާގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

ގެއެއްގެ ދޮރާށި ކައިރީގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ ކުރުމުން ފިރިހެން މީހާ ވަނީ ދައުވާއަށް އިއުތިރާފު ވެފަ އެވެ. އަދި ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމަކާއެކު މައްސަލަ ކުރިއަށް ގެންދިޔައީވެސް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގައި ކުށުގެ އަދަބެއްގެ ގޮތުން އޮތް، ދެ މަސް ދުވަހުގެ ޖަލު އަދަބު ޖޫރިމަނާއަކަށް ކޯޓުން ބަދަލުކޮށްދިނެވެ.

މި މައްސަލައިގައި، އެއްބަސްވުމަށް ރިއާޔަތްކޮށް އިއްޔެ ހުކުމް ކުރީ، ފިރިހެން މީހާ 14،400 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345