ގެވެށި އަނިޔާ

ގެވެށި އަނިޔާއާ ހުއްޓުވުމުގެ ތަމްރީނު ޕްރޮގްރާމެއް

ގެވެށި އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއް: ގެެވެށި އަނިޔާ ހުއްޓުވަން މީހުން ތަމްރީން ކުރަން ހާއްސަ ޕްރޮގްރާމެއް މިއަދު ފެށި
0%
0%
0%

ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ޖެންޑާ މިނިސްޓްރީއާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ޕޮލިޓެކްނިކް ބިލްޑިންގައި މި ޕްރޮގްރާމް މިއަދު ފައްޓަވައި ދެއްވީ ޖެންޑާގެ ސްޓޭޓް މިނިސްޓަރު ޒިފްލީނަ ހަސަނެވެ.

މި ތަމްރީން ޕްރޮގްރާމްގައި ގެވެށި އަނިޔާ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި މިފަދަ މައްސަލަތަކުގައި މަސައްކަތް ކުރައްވާ ޖެންޑާގެ 19 މުވައްޒަފުން ބައިވެރި ވެފައި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގެ ފުރަތަަމަ ތިން ދުވަހު ގެވެށި އަނިޔާއާ ގުޅޭ ގޮތުން ސޯޝަލް ވޯކަރުންނަށް މައުލޫމާތު ދޭނެ އެވެ. ފަހު ދެ ދުވަހު މި މައްސަލައާ ގުޅޭ ގޮތުން ޑިސްކަޝެންއެއް ކުރިއަށް ގެންދާނެ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ދިމާވާ މައްސަލަތަކާއި އަދި އެ މީހުންނާ މުއާމަލާތް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް ތަމްރީން ދޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345