ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑިޖިޓަލް މުސްތަގުބަލެއް ހޯދުމަށް އަންހެނުން ބާރުވެރިކުރަންޖެހޭ: ރައީސް

Mar 8, 2023
1

އަންހެނުންނަށް ޓެކްނޮލޮޖީގެ ފުރުސަތުތައް ހޯދައިދީގެން ނޫނީ ޑިޖިޓަލް މުސްތަގުބަލެއް ހޯދައިނުދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޝިއާރުގެ ގޮތުގައި އދ. އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޑިޖިޓަލް އޯލް: އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޯ ޖެންޑަ އިކުއަލިޓީ" އެވެ.

ރައީސް ސޯލިހްގެ ޓްވީޓްގައި ވިދާޅުވީ މުޖުތަމައު ބިނާކުރުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. އަދި އެއީ ބަދަލުކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑިޖިޓަލް މުސްތަގުބަލަކަށް ވެސް އަންހެނުންގެ ދައުރު މުހިއްމު ކަމަށެވެ. އެހެންކަމުން ވަކި ޖިންސަކަށް ވީތީ އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށްވެސް ގޮވާލެއްވި އެވެ.

އަންހެނުންނަށް ހާއްސަ ދުވަހެއް ފާހަގަކުރަނީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ނައްތާލައި އަންހެނުންގެ ކުރިއެރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމަށެވެ.