ގެވެށި އަނިޔާ

ބައިވެރިޔާ އަނިޔާކޮށްގެން 475 މައްސަލައެއް

ބައިިވެރިޔާގެ ފަރާތުން އަނިޔާ ލިބިގެން މިހާތަނަށް 475 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

އެ އޮތޯރިޓީން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ބައިވެރިޔާގެ ފަރާތުން އަނިޔާ ލިބިގެން މައްސަލަ ހުށަހަޅާފައި ވަނީ މި އަހަރުގެ ފުރަތަަމަ ކްއާޓަރުގަ އެވެ. އެ ކްއާޓަރުގައި 192 މައްސަލަ ހުށަހެޅި އިރު ދެވަނަ ކުއާޓަރުގައި 154 އަދި ތިން ވަނަ ކުއާޓަރުގައި 120 މައްސަލަ ހުށަހަޅާފައި ވެއެވެެ. ޖުމްލަ 475 މައްސަލަ ހުށަހަޅާފައި ވެއެވެ.

އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުން ނެވެ. ދެން އައްޑޫ ސިޓީންނެވެ.

އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ މައްސަލަ އެވެ. އެފަދަ 387 މައްސަލަ މިއަހަރު މިހާތަނަށް ހުށަހަޅާފައި ވެއެވެ.

ދެން އެންމެ ގިނައިން ހުށަަހަޅާފައި ވަނީ ޖިސްމާނ އަނިޔާ ކުރުމުގެ މައްސަލަ އެވެ. އެފަދަ 284 މައްސަލަ މިއަހަރު މިހާތަނަށް ހުށަހަޅާފައި ވެއެވެ. ބިރު ދެއްކުމުގެ 253 މައްސަލައެއް ހުށަހެޅި އިރު ޖިންސ އަނިޔާ ކުރުމުގެ 71 މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.