ކްރިމިނަލް ކޯޓް

އަނބިމީހާއަށް އަނިޔާކުރި އިންޑިއާ މީހާ ދޫކޮށްލައިފި

ކްރިމިނަލް ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

އަނބިމީހާއަށް އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިއާ މީހާ ދޫކޮށްލައިފި އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހުސެއިން ސަޔެދު އަބްރާރް ހުސައިން (53އ) ކްރިމިނަލް ކޯޓުން ދޫކޮށްލީ އިއްޔެ އެވެ.

އޭނާ ބަންދުން ދޫކޮށްލިއިރު ޕާސްޕޯޓް ހިފަހައްޓަން ވަނީ އަމުރެއް ނެރެފަ އެވެ.

އޭނާ ބަންދުން ދޫކޮށްލީ މައްސަލައިގައި އަނިޔާ ލިބުނު މީހާ މައްސަލަ ދޫކޮށްލާފައިވުމާއި މައްސަލާގައި އިތުރަށް ކުރިއަށް ދާން ބޭނުންނުވުމުންނެވެ.

އަނބިމީހާއަށް އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް މީގެ ކުރިން ވަނީ ބަންދުގެ މުއްދަތުވެސް ޖަހާފަ އެވެ.

ހުސައިން ސަޔެދުގެ މައްޗަށް ގެވެށި އަނިޔާއާއި މާރާމާރީއާއި ބިރުދެއްކުމާއި އިންޒާރު ދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345