އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން އެއާޕޯޓުން ގާސިމް އިބްރާހީމް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ޖޭޕީ
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އދ. މާމިގިއްޔަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި އެެވެ.

އަބްދުއްރަހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން މާމިގިއްޔަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހީމްގެ ދައުވަތަކަށް އެމަނިކުފާނުގެ ފްލައިމީ އެއާލައިން ގައެވެ.

މި ދަތުރުގެ ބޭނުމެއް އަދި އަބްދުއްރަހީމް އާއި ގާސިމް މަޝްވަރާ ކުރެއްވި ކަމެއްގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން މާމިގިލި އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގާސިމް އިބްރާހީމްއާއި އެއާޕޯޓުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޖުމްހޫރީ ޕާޓީގެ އާންމު މެންބަރުންނާއި މާމިގިލީގެ ބައެއް ރައްޔިތުންނެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910