ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް ސިޓީ އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ކޮމިއުނިޓީ ޝީލްޑާއެކު އުފާފާޅުކުރަނީ
0%
0%
0%

ޕެނަލްޓީގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީ އިން އެފް އޭ ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހަން ލިބުނު ބައެއް ހުސް ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ. އެގޮތުން އެ ޓީމުގެ އަމަދް ޑިއާލޯ އާއި މާކަސް ރަޝްފޯޑްގެ އަތުން ބޭކާރުވި ފުރުސަތުތައް ފާހަގަކުރެވެ އެވެ.

ދެވަނަ ހާފުގައި ވެސް ރަޝްފޯޑަށް ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތެއް އޭނާގެ އަތުން ބޭކާރުވި އެވެ. ސިޓީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދަނޑި އަށެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ އަލެހާންދްރޯ ގާނާޗޯ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން 89 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ވަނީ ބޮލުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސިޓީ މޮޅުވީ 7-6 އިންނެވެ.

މިދިޔަ ސީޒަންގެ ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް އަތުން ސިޓީ ވަނީ ބަލިވެފަ އެވެ. ޕެނަލްޓީ ޖަހައިގެން އާސެނަލް އިން އެ މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910