ޕްރިމިއާ ލީގް

މެންޗެސްޓާ ޑާބީ ނިމުނީ ކޮޅަކަށް ޕޮއިންޓެއް ލިބިގެން

0%
0%
0%

މެންޗެސްޓާގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުން ދެ ޓީމަށްވެސް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

ހަތްދިހަ ތިންހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ މެންޗެސްޓާ ސިޓީ އެވެ.

ސިޓީއިން ޔުނައިޓެޑްގެ ގޯލަށް 5 ހަމަލާ ދިންއިރު މި މެޗުގައި އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ މިސްރުގެ ސްޓްރައިކަރު އުމަރު މަރްމޫޝަށެވެ.

ޖެނުއަރީ މަހު ސިޓީއާ ގުޅުނު މަރްމޫޝަށް ލިބުނު ދެ ފުރުސަތުވެސް ޔުނައިޓެޑްގެ ގޯލްކީޕަރު އޮނާނާ ރިޔަސް ހުނަރުވެރިކަމާއެކު ދިފާއުކޮށްފައިވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ޖޯޝުއާ ޒިރްކްޒީއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ވަރުގަދަ ޝޮޓް ސިޓީގެ ކީޕަރު އެޑަސަން ބްރެޒިލިއާނު ހުނަރުވެރިކަމާއެކު ސަލާމަތްކުރި އެވެ.

މި މެޗަކީ ސިޓީގެ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޫނިއާ މެންޗެސްޓާ ޔުނައިޓެޑްއާ ދެކޮޅަށް ކުޅުނު 22 ވަނަ މެޗެވެ. މި ސީޒަނަށްފަހު ޑި ބްރޫނިއާ ސިޓީ ދޫކޮށްލާނެ ކަމަށް އިއުލާންކޮށްފައިވާއިރު މިއީ އޭނާ ސިޓީގައި ހޭދަކުރާ އެންމެ ފަހު ސީޒަނެވެ.

މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު 31 މެޗުން މެންޗެސްޓާ ސިޓީއަށް 52 ޕޮއިންޓް ލިބި މިވަގުތު ލީގުގެ 5 ވަނައިގައި އޮތްއިރު، ޔުނައިޓެޑް 38 ޕޮއިންޓާއެކު 13 ވަނައިގައި އޮތުމުން ދެ ޓީމުގެ މެދުގައި ބޮޑު ތަފާތެއް އެބަހުއްޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910