ޕްރިމިއާ ލީގް

ޔުނައިޓެޑުން ފަހަތުން އަރައި ސިޓީ ބަލިކޮށްފި

އަމަދު ޑިއާލޯގެ ގޯލަށްފަހު ޔުނައިޓްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
0%
0%
0%

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗު މެންޗެސްޓާ އިން 2-1ގެ ތަފާތަކުން މޮޅުވެއްޖެ އެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑް އިން މެޗު ނިމެން ދަނިކޮށް އެންމެ ފަހު ދެ މިނެޓުގައި ފުލުފުލުގައި ދެ ލަނޑު ޖަހައި މެޗުގެ އޮއިވަރު މުޅިން އަނބުރާލި އެވެ.

ލަނޑުތަކަށް ބަލާއިރު ފުރަތަމަ ލަނޑު ޖެހީ މެންޗެސްޓާ ސިޓީގެ ޖޮސްކޯ ގްވަޑިއޯލް އެވެ. އެހެންނަމަވެސް ބްރޫނޯ ފެނާންޑޭސް ވަނީ 88 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން އެއްވަރުކޮށްފަ އެވެ. އަދި ޔުނައިޓްގެ އަމަދު ޑިއާލޯ ވަނީ މެޗުގެ 90 ވަނަ މިނިޓްގައި ގޯލު ޖަހައި، އެ ޓީމު މޮޅުކޮށްދީފަ އެވެ.

މި ނަތީޖާއާ އެކު 16 މެޗުން ޔުނައިޓެޑަށް 22 ޕޮއިންޓް ލިބި ލީގު ތާވަލުގެ 13 ވަނައަށް ޖެހިލާފައިވާއިރު، ސިޓީ އޮތީ 16 މެޗުން ލިބުނު 27 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު އެއްވެސް ޓީމެއް، ސިޓީ އިން މިހާރު ކުޅެމުންދާހާ ފެންވަރު ދަށްކޮށް ކުޅެފައެއް ނުވެއެވެ. އަދި ގާޑިއޯލާ ހަވާލުވި ފަހުން ސިޓީވެސް މިހާ ދަށްކޮށް ކުޅެފައި ނުވާއިރު މިއީ އޭނާ މުޅިން އަލަށް ތަޖުރިބާކުރަން ޖެހިފައިވާ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910