ޣައްޒާގެ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސަރަޙައްދުތައް އަލުން އިމާރާތްކުރުމަށް އެހީތެރިވެދޭނެ ކަމަށް ޗައިނާއިން އިއުލާންކޮށްފި އެވެ.
ޗައިނާގެ މި ނިންމުމާއެކު، ޣައްޒާގެ އާބާދީއަށް އެތައް ގޮތަކުން ލުއި ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މި މަޝްރޫއު ކުރިއަށްދާނެ ގޮތާއި ހަރަދުކުރާނެ މިންވަރާ ބެހޭ އިތުރު ތަފްސީލްތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މުޅި ޣައްޒާ ވަނީ އަޅިއަށް ހަދާ އެވެ. ހުރިހާ އިމާރާތްތައް ވަނީ ބިމާއި ހާމަކޮށްފަ އެވެ.
ޣައްޒާގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ނިސްބަތެއް ބޯހިޔާވަހިކަމުން މަހުރޫމު ވެފައިވާއިރު ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ޓެންޓް ތަކުގަ އެވެ.
ހަނގުރާމަ ހުއްޓާލުމަށް އެންމެ ފުރަތަަމަ އިޒްރޭލަށް ގޮވާލި ގައުމުތަކުގެ ތެރޭގައިވެސް ހިމެނޭ ޗައިނާ އިން ދަނީ މެދުއިރުމަތީގެ މަސްރަހު ވަރަށް ގާތުން ބަލަމުންނެވެ.
މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތައް ދިގުދެމިގެން ދިއުމަކީ ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމެކެވެ. އެހެންކަމުން ޗައިނާއިން އަންނަނީ އެ ސަރަހައްދުގެ މަސްރަހު ފިނިކުރުމަށް ވަރަށް އިސްދައުރެއް އަދާކުރަމުންނެވެ.