ޑރ. މުހައްމަދު މުއިއްޒު

ވިއްސާރައާ ގުޅިގެން ހާއްސަ ޓާސްކް ފޯހެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ގާލަތަށް ބުރޫ އަރާފައިވާތީ ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޓާސްކް ފޯސްއެއް އުފައްދަވައި މިރޭ މި ޓާސްކްފޯސްގެ ފުރަތަމަ ބައްދަލުކުރެއްވުން ބާއްވަވައިފި އެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިހާރުގެ ހާލަތާއި އަދި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ކަންކަމަށް އަވަސް ހައްލު ހޯދައިދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުންވެސް ކުރިއަށްއޮތް ގަޑިތަކުގައި ވިއްސާރަވެއްޖެނަމަ މަގުތަކުން ފެންހިންދުމަށާއި އަދި އާއްމު ރައްޔިތުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ތައްޔާރީ ހާލަތެއްގައި އޮތުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މި ޓާސްކް ފޯސް ޗެއާ ކުރެއްވީ ރައީސް މުއިއްޒު އެވެ. އެވެ.

ޓާސްކް ފޯސްގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުން

  • މުޙައްމަދު ޣައްސާން މައުމޫން – ޑިފެންސް މިނިސްޓަރު
  • އަލީ އިޙްސާން - ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު
  • ޑރ. އިސްމާޢީލް ޝަފީޢު - އެޑިއުކޭޝަން މިނިސްޓަރު
  • ޑރ. އަބްދުﷲ ހަލީލު – ހެލްތު މިނިސްޓަރު
  • ތޯރިގް އިބްރާހީމް - އެންވަޔަރަމަންޓް މިނިސްޓަރު
  • އާދަމް ޝަރީފް ޢުމަރު - ލޯކަލް ގަވަމަންޓް މިނިސްޓަރު
  • އަބްދުﷲ ފަޔާޒް – ޗީފް އޮފް ސްޓާފް
  • ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީ
  • ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.