ކުޅިވަރު

އެތްލީޓުން އެނބުރި އައުމުން ހޫނު މަރުހަބާއެއް

ޕެރިސް އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން އެނބުރި މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔުމަށް ރޭ ހާއްސަ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި އިވެންޓްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި އަހަރުގެ އޮލިމްޕިކްސްގެ ހަތަރު ކުޅިވަރެއްގައި ރާއްޖޭގެ ފަސް އެތުލީޓުން ވާދަކޮށްފައިވެ އެވެ. މިއީ މިހާތަނަށް ހަތަރު ކުޅިވަރުގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން:

  • ފާތިމަތު ދީމާ އަލީ (ޓޭބަލް ޓެނިސް)
  • އާމިނަތު ނަބާހާ އަބްދުރައްޒާގު (ބެޓްމިންޓަން)
  • އިބާދުﷲ އާދަމް (އެތުލެޓިކްސް)
  • އާއިޝަތު އުލްޔާ ޝާއިގް (ސްވިމިން)
  • މުހައްމަދު އާން ހުސައިން (ސްވިމިން)

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލީ، އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓު ދީމާ އާއި އިބާދުﷲ އެވެ.

މިދިޔަ މަހުގެ 26 އިން ފެށިގެން މިމަހުގެ 11ގެ ނިޔަލަށް ޕެރިހުގައި ކުރިއަށް ގެންދިޔަ އޮލިމްޕިކްސްގައި 10،500 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ.