ދިރާގު

ދިރާގުގެ މިނިވަން ދުވަހުގެ ސޯޝަލް މީޑިއާ ކޮންޓެސްޓްގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ފެށި ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓްގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި މި ހާއްސަ ދުވަހުގެ އުފާވެރި ރޫހު މުޖުތަމައު ތެރޭގައި ދިރުވާ އާލާކުރުމުގެ މަގުސަދުގައި ދިރާގުން ވަނީ ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ލޯންޗުކޮށްފަ އެވެ.

އެގޮތުން މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް Minivan26 ހޭޝްޓެގާ އެކު ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި ހިއްސާކޮށްގެން މި ކޮންޓެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ހުޅުވާލި އެވެ.

މީގެ ތެރެއިން ހޮވުނު ތިން ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް ވަނީ ފުޖިފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަދި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއް ލިބިފަ އެވެ.

ދިރާގުން ކުރިއަށް ގެންދިޔަ ސޯޝަލް މީޑިއާ ކޮންޓެސްޓްގެ ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވަނީ އާމިނަތު ފަޒްލާ، އިސްމާއިލް ސައިމަން އަދި އާމިނަތު ލީލާ އެވެ.

ދިރާގުގެ އަމާޒަކީ މިފަދަ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ތަފާތު، މަޖާ އަދި ހިތްގައިމު ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.