އުރީދޫ

އުރީދޫ ކަސްޓަމަރުންނަށް މިހާރު ލަޔަންސްގޭޓް ޕްލޭ ލިބޭނެ

އުރީދޫގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފި އެވެ.

ލަޔަންސްގޭޓް ޕްލޭ އަކީ ބެލުންތެރިންނަށް ހިތްގައިމު އަދި ތަފާތު ޕްރިމިއަމް ކޮންޓެންޓްތަކެއް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެކެވެ.

މި ހިދުމަތަކީ މުނިފޫހިފިލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ތަފާތު އަދި ހިތްހަމަޖެހޭ ކޮންޓެންޓް ލިބިގެންދާނެ ހިދުމަތެކެވެ.

ބްލޮކްބަސްޓާ ފިލްމުތަކާއި އޮރިޖިނަލް ސީރީޒްތަކާއި އެކްސްކްލޫސިވް ކޮންޓެންޓްގެ މުއްސަނދި ލައިބްރަރީއަކާއެކު ލަޔަންސްގޭޓް ޕްލޭއަކީ މުނިފޫހިފިލުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަން ސްޓޮޕް ޑެސްޓިނޭޝަނެކެވެ.

އުރީދޫ އިން ބުނި ގޮތުގައި ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ޕެކް މިހާރު އެކްޓިވޭޓް ކުރެވޭނެ އެވެ.

އެ ގޮތުން ލަޔަންސްގޭޓް ޕްލޭ ސަބްސްކްރިޕްޝަނާއެކު 100 ޖީބީ އެންމެ 250 ރުފިޔާއަށް ސްޓްރީމް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

މި ހިދުމަތާ ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ކަސްޓަމަރުންނަށް އާ އަދި އިނޮވޭޓިވް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އުރީދޫ ނެޓްވޯކްގައި ލަޔަންސްގޭޓް ޕްލޭ ތައާރަފްކުރުމުން މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ކަސްޓަމަރުންނަށް ލިބިގެންދާނެ," ހުސައިން ނިޔާޒް ވިދާޅުވި އެވެ.

ލަޔަންސްގޭޓް ޕްލޭގެ އޭޝިއާގެ ރައީސް ރޯހިތު ޖެއިން ވިދާޅުވީ ލަޔަންސްގޭޓް ޕްލޭ ރާއްޖެއަށް ތައާރަފްކޮށް ބެލުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ސްޓްރީމިން އެކްސްޕީރިއަންސެއް ލިބުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.