ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ޝަރީއަތް ލައިވްކުރަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
0%
0%
0%

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާގެ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.

ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވަނީ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

އެ ގޮތަށް ނިންމަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ދެން އޮންނަ އަޑުއެހުން ކުރިއަށް ގެންދާނީ ލައިވްކޮށްގެން ކަމަށެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ 9:00 ގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345