ރައީސް އަބްދުﷲ ޔާމީން

މެދުކެނޑުމަކަށްފަހު ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް ފަށަނީ

ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް މެދުކެނޑުމަކަށްފަހު ހައިކޯޓުގައި މިއަދަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ އަޑު އެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ.

ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމެވެ. މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މައްސަލައިގައި ތާވަލުކުރި ބައެއް އަޑުއެހުންތައް ދައުލަތުން އެދިގެން ކެންސަލްކުރި އެވެ.

މީގެ އިތުރުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުންވެސް މައްސަލައިގެ ޝަރީއަތް ހުއްޓުނެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު މުހައްމަދު ސަލީމާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345