މޯލްޑިވްސް އިމިގްރޭޝަން

ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސް ދީފި

މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ތެރެއިން ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސް ދީފި އެވެ.

މި މީހުން ފާހަގަވީ މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.

އިމިގްރޭޝަންގެ 211 އޮފިސަރުން ނިކުމެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 52 ގުރޫޕެއް ހަދައިގެން އޮފިސަރުން އެ ދުވަހު މަސައްކަތް ކޮށްފައިވެ އެވެ.

އިމިގްރޭޝަނުން ބުދަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލޭގެ 582 ތަނެއް ބަލައި ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފައިވެ އެވެ.

މި އޮޕަރޭޝަންގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސް ދިންއިރު ބިދޭސީން ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވެ އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ބުދަ ދުވަހުގެ އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް އުޅުނު 10 ބިދޭސީ އަކު ވަނީ އަތުލައިގަނެވިފަ އެވެ.