ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި ކުންފުންޏަކަށް މިއަހަރު ދެއްވައިފި އެވެ.
ދަރުބާރުގޭގައި މިއަދު ކުރިއަށް ގެންދިޔަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލަ އެކެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުން
- އަލްގާރީ އަހްމަދު އިބްރާހީމް، ޒަމާނީގެ، ނ. ހޮޅުދޫ - ކީރިތި ގުރްއާން އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން; ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ރޮނގުން
- އަބްދުއްރަޙްމާން ޔޫނުސް، މަޒާ، ރ.އަލިފުށި - ކީރިތި ގުރްއާން އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން; ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ރޮނގުން
- އައްޝައިޚް އިއްޒައްދީން އަދުނާން، ދަފްތަރު ނަންބަރު ރސ 12132 - އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން
- އައްޝައިޚް އަހްމަދު މައުމޫން، މާބަގީޗާގެ، ސ. މަރަދޫ - އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން
- އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި - ތައުލީމީ ދާއިރާއިން; ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން
- އިބްރާހީމް ތައްޚާނު ، ވާކަރުގެ، ގއ. ވިލިނގިލި - މަސްވެރިކަމުގެ ދާއިރާއިން; ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން
- އާމިރު މަންސޫރު، މއ. މަނަސް - ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން; އިގްތިސާދަށް މުޅިން އާ ހިދުމަތްތަކާއި މަސައްކަތްތައް ތައާރަފުކޮށް، ތަރައްގީކޮށް، ކުރިއެރުވުމުގެ ރޮނގުން
- އަބްދުއްރަޙްމާނު ޔޫސުފު، ރީފް، ރ.އަލިފުށި - ބޯޓް ބިލްޑިންގެ ދާއިރާއިން; އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓްފަހަރު ބަނުމުގެ ރޮނގުން
- ފާޠިމަތު ޢުމަރު، ދޯދި، ހއ. ފިއްލަދޫ - ކަލިނަރީ އާރޓްސްގެ ދާއިރާއިން; މީހުން ބިނާކުރުމާއި ތަރައްގީކުރުމުގެ ރޮނގުން
- ހުސައިން އަލީ، ނޫރާނީމާގެ، ނ. ހެނބަދޫ - ޒުވާނުންގެ ދާއިރާއިން; ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން
- ރިޔަން ޕްރައިވެޓް ލިމިޓެޑް - ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން; ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން
ސަރުކާރުން ދޭ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.