އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރައްވައިފި

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިސްމާއީލް ހަބީބް އަބްދުއްރަހީމް މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަބީބް މަގާމަށް އައްޔަންކުރައްވާ އޭނާއަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރައްވާފައި މިވަނީ އޭނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިންތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނީ މިދިޔަ ޖުލައި 31 ވަނަ ދުވަހު އެވެ.

އެޗްއާރްސީއެމްގެ މެންބަރެއްގެ މަގާމު ހުސްވީ ކުރިން މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހަބީބް މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން 10 އަހަރު ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910