މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރ އިހްސާން ޗައިނާގައި

ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނު ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު އިހްސާން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގައި ބާއްވާ ގްލޯބަލް ސެކިއުރިޓީ ކޯޕަރޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ މިނިސްޓަރު އިހްސާންގެ މިދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. ހާއްސަކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލްކަން އިތުރުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށްވެސް ބުންޏެވެ.

ގްލޯބަލް ސެކިއުރިޓީ ކޯޕަރޭޝަންގަގައި 122 ގައުމެއްގެ ސަލާމަތީ އިދާރާތަކުން 2،100 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވި އެވެ.

ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމެވެ.