އޮލިމްޕަސް

"ދޭދަރު ރުއިން" ނޮވެމްބަރު މަހު 20 ގައި ސިނަމާއަށް

ދިވެހި ފިލްްމު "ދޭދަރު ރުއިން" މިއަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމައިފި އެވެ.

މި ފިލްމަކީ އައިފިލްމްސްއާއި ކަޒްމިކް އިންޓަނޭޝަނަލް އިން ގެނެސްދޭ ފިލްމެކެވެ. ފިލްމު ޑިރެކްޓުކޮށްފައިވަނީ އަލަށް ފިލްމެއް ޑައިރެކްޓް ކުރާ އައްޒާމެވެ.

މި ފިލްމުގެ ޓީޒާ ރޭ ވަނީ އާންމުންނަށް ދައްކާލާފަ އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ޝަރަފް އަބްދުﷲ، މައިހާ އާދަމް، ހާޒިފް މުހައްމަދު އަދި މޫސާ ރަޝީދު ހިމެނެ އެވެ.

މިފިލްމުގައި ނޭޕާލްއަށް ނިސްބަތްވާ މީހެއް ކަމަށްވާ ޝުޝްމާ ސުބޭޑީ ވެސް ފެނިގެންދެ އެވެ.

އިލްޔާސް ވަހީދާއި އާސިމް އަލީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ އެކްޝަން ތްރިލާ އެކެވެ.

މީގެ ކުރިން އައިފިލްމްސް އިން ވަނީ ބަވަތި އަދި ނީނާ ވެސް ގެނެސްދީފަ އެވެ. އަދި ކަޒްމިކް އިންޓަނޭޝަނަލަސް އިން ވަނީ ދަރަކަ ވެސް ގެނެސްދީފަ އެވެ. މިއީ އާންމުންގެ ތެރޭގައި މަގުބޫލު ފިލްމުތަކެވެ.