ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ބަންދު ކުރަން އަންގައިފި

ޝޯއަކަށް އޮލިމްޕަސް ތައްޔާރުކޮށްފައި --
0%
0%
0%

ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީގޮތުން ހުއްޓައިލަން ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީގޮތުން ހުއްޓައިލަން އަންގާ ކަމަށެވެ.

އެގޮތުން މިރޭ 12:00 ފެށިގެން އެ އެންގުން އަމަލު ކުރަން ފެށޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ އެންގުން ތަންފީޒު ކުރުމަށްވެސް ދައުލަތުގެ އިދާރާތަކަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތައް އަދި ގުރޫޕް ކަސްރަތު ކްލާސްތައްވެސް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން މެދުކަނޑާލުމަށްވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މިރޭ ވަނީ އަންގާފައެވެ.

ކޮވިޑް19 އަށް ރާއްޖެއިން 17 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނޭ ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. ދެން ތިބި މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވާ އެހެން އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެ އެންމެން ވެސް މިހާރު ތިބީ 30 ދުވަހުގެ މޮނީޓަރިންގައި ކަރަންޓީނުކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345