ދިވެހި ސިނަމާ

"ގެއްލުނު ރޭ" މި މަހު 29ގައި އޮލިމްޕަހަށް

ކޮކޯ ހަސަންގެ ފިލްމު "ގެއްލުނު ރޭ" މި މަހު 29ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ނިންމައިފި އެވެ.

ކޮކޯ ސްޓޫޑިއޯ އިން ރޭ ވަނީ ފިލްމު ރިލީޒް ކުރާ ތާރީހާއެކު ފިލްމުގެ ޓްރެއިލާ ވެސް އާންމުންނަށް ދައްކާލާފަ އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި މުހައްމަދު މަނިކު، އިބްރާހިމް ޖިހާދު (ޖީމީ)، އައިމިނަތު ޝުހާ، މަރިޔަމް ހަލީމް، މަރިޔަމް ޝިފާގެ އިތުރުން ބައެއް އެހެން ތަރިންވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔާ) އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަންދަލާގެ ބައްޕަ -- ހަސަން ހަލީމް (ކޮކޯ) އެވެ.

ހަސަން ވަނީ މީގެކުރިންވެސް ބައެއް ފިލްމުތައް ޑައިރެކްޓްކޮށް އަދި ވަރަށް ގިނަ ފިލްމުތަކުގައި ކެމަރާމަނެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.