މަސްތުވާތަކެތި

ކޯޓުން ދޫކޮށްލި ކުޑަކުއްޖަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

Mar 13, 2016

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ނ. ވެލިދޫން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހައްޔަރު ކުރީ މިދިއަ ބުރާސްފަތި ދުވަހު ވެލިދޫ ފަޅު ގޯއްޗެއްގެ ތެރޭގައި އެއްޗެހިތަކެއް ވަޅުލަން އިންދާ ކަމަށާއި އޭނާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 210 ސެލޯފިންކޮޅު ފެނުނު ކަމަށެވެ. އަދި އެ ކުއްޖާ ހައްޔަރު ކުރި ވަގުތު ހުރި ފަޅުގެއާ ޖެހިގެން ހުރި ގެއަކަށް ވަދެފައިހުރި ފިޔަވަޅުތަކެއް ފެނުމާއި ގުޅިގެން އެގެ ބަލައިފާސްކުރިއިރު އެގޭ ގޯތިތެރޭގައި ވަޅުލާފައިހުރި މަސްތުވާތަކެތިކަމަށް ޝައްކުވާ ޕެކެޓްތަކެއް ވެސް ފެނުނު ކަމަށެވެ.

މި ކުޑަކުއްޖާ ވަނީ މިދިއަ ފެބްރުއަރީ މަހުގެ 22 ގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ކޯޓުން 15 ދުވަހުގެ ބަންދު ޖަހާފަ އެވެ. މި ފަހަރު ހައްޔަރު ކުރީ ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލިތާ ދެ ދުވަސް ތެރޭގައެވެ. މިހާރު ވަނީ އަނެއްކާވެސް 10 ދުވަސް އޭނާގެ ބަންދަށް ދީފައެވެ.